ތަރައްްޤީ

އޯޝަން ފްރަންޓް ރެޒިޑެންސަސް އިފްތިތާހްކޮށްފި


ރެއިން ލޭންޑް ޑިވެލޮޕަރސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ "އޯޝަން ފްރަންޓް ރެޒިޑެންސް" އިފްތިތާހް ކޮށްފިއެވެ. އޯޝަން ފްރަންޓް ރެޒިޑެންސެސް ފަރުމާކޮށްފައިވަނީ، ދެ ޓަވަރުގައި 145 އެޕާރޓްމެންޓް ހިމެނޭ ގޮތަށެވެ. ޓަވަރ އޭ ގައި 3 ކޮޓަރީގެ 12 އެޕާރޓްމެންޓާއި 2 ކޮޓަރީގެ 30 އެޕާރޓްމެންޓާއި، 1 ކޮޓަރީގެ 6 އެޕާޓްމެންޓްގެ އިތުރުން 9 ޕެންޓް ހައުސް ހިމެނެއެވެ.

ޓަވަރު ބީ ގައި، 3 ކޮޓަރީގެ 55 އެޕާރޓްމެންޓާއި، 2 ކޮޓަރީގެ 33 އެޕާރޓްމެންޓް ހިމެނެއެވެ. މި އެޕާރޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްގައިމު މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ދެ ޓަވަރު ހިމެނޭގޮތަށް ޓެރަސް ފްލޯރ ފަރުމާކޮށްފައިވަނީ، ޓެރަސްގައި މެއިން ޕޫލަކާއި، ކިޑްސް ޕޫލެއް ހިމެނޭ ގޮތަށެވެ. އަދި ޖިމް ރޫމަކާއި، ކިޑްސް ކްލަބެއްވެސް ޓެރަސްގައި ހިމެނެއެވެ.

އޯޝަން ފްރަންޓް ރެސިޑެންސްގެ ޢަމަލީ މަސައްކަތް ޑިސެމްބަރ މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި އެޕާރޓްމެންޓް ތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އޯޝަން ފްރަންޓް ރެޒިޑެންސްގެ ޓަވަރ އޭ ގައި ހިމެނެނީ ހައިއެންޑް އެޕާރޓްމެންޓްތަކެކެވެ. އަދި ޓަވަރ ބީ ގައި ހިމެނެނީ، އަޕަރ މިޑް ރޭންޖްގެ އެޕާރޓްމެންޓްތަކެކެވެ.

ޓަވަރ އޭ ގައި ހުންނާނީ:

-3.5 ކޮޓަރީގެ 12 އެޕާރޓްމެންޓް- 3.7-5.4 މިލިއަން ރުފިޔާ

-2.5 ކޮޓަރީގެ 30 އެޕާރޓްމެންޓް- 3.7-5.4 މިލިއަން ރުފިޔާ

-1.5 ކޮޓަރީގެ 6 އެޕާރޓްމެންޓް

-9 ޕެންޓް ހައުސް

ޓަވަރ ބީ ގައި ހުންނާނީ:

-3 ކޮޓަރީގެ 55 އެޕާރޓްމެންޓް 3.3-3.4 މިލިއަން ރުފިޔާ

-2 ކޮޓަރީގެ 33 އެޕާރޓްމެންޓް 2.4- 2.5 މިލިއަން ރުފިޔާ



އޯޝަން ފްރޮންޓް-ރެސިޑެންސްގެ އަގުތައް:

2 ކޮޓަރީގެ އެޕާޓްމަންޓް: 2.4 - 2.5 މިލިއަން ރުފިޔާއާ ދެމެދު

3 ކޮޓަރީގެ އެޕާޓްމަންޓް: 3.3 - 3.4 މިލިއަން ރުފިޔާއާ ދެމެދު

2.5 އަދި 3.5 ކޮޓަރީގެ އެޕާޓްމަންޓް: 3.7 - 5.5 މިލިއަން ރުފިޔާއާ ދެމެދު

ޕެންޓް ހައުސް: 6.9 މިލިއަން ރުފިޔާއަށް

ޑައުންޕޭމެންޓްގެ ގޮތުގައި 20 އިންސައްތަ ދައްކަންޖެހޭ މި އެޕާރޓްމެންޓްތަކުގެ ފައިނޭންސިން، ބީއެމްއެލް، އެމްއައިބީ، އަދި އެޗްޑީއެފްސީން ހަމަޖެހޭނެ ކަމަށް ރެއިންލޭންޑް ޑިވެލޮޕާރސް އިން މަޢުލޫމާތު ދެއެވެ. މި މަސައްކަތް ފަށާތާ 28 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވެއެވެ.