ޚަބަރު

އަޙްމަދު ނާޝިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާ


ޒީރޯ ޑިގްރީ އަޙްމަދު ނާޝިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިއެވެ. tw:https://twitter.com/presidencymv/status/785763139522555905

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ރާއްޖޭގެ މިއުޒިކީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ނާޝިދު ދުނިޔެ ދޫކުރެއްވުމަކީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް، ޚާއްސަކޮށް، ދިވެހިވަންތަ މިއުޒިކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއުޒިކީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ނާޝިދު ކޮށްދެއްވާފައިވާ ޚިދުމަތަކީ، ރާއްޖޭގެ ޒުވާނުންނަށް، ޚާއްސަކޮށް މިއުޒިކުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުންދާ ފަރާތްތަކުން އެކަމުގެ އަގުވަޒަންކުރާ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.