ކުޅިވަރު

ސުވާލު އުފެދުނު ބްރެޒިލްގެ 10 ނަންބަރު ނޭމާ އަށް


ސުވާލު އުފެދުނު ބްރެޒިލްގެ 10 ނަންބަރު ޖާޒީ އަނިޔާގައި ހުރި ނޭމާ ޖޫނިއާ އަށް ދީފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި 26 ކުޅުންތެރިންގެ ޖާޒީ ނަންބަރުތައް ފައިނަލް ކޮށްފައިވާއިރު 10 ނަންބަރާ މެދު ސުވާލު އުފެދުނީ ނޭމާ އަކީ ފުރަތަމަ 11ގައި ކުޅޭނެ ކުޅުންތެރިއަކަށް ނުވާތީ އެވެ.

ނަމަވެސް ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕެއްގައި އޭނާ އަށް 10 ނަންބަރު ދިނީ އެ ނަންބަރަށް ވާދަ ކުރާނެ ކަމަށް ބެލެވުނު ވިނީޝިއުސް ޖޫނިއާ އަށް ހަތް ނަންބަރު ދީފަ އެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނަނީ 10 ނަންބަރު ނޭމާ އަށް ދިނުމަށް ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއުސް ވެސް ބާރު އެޅި ކަމަށެވެ. އުމުރުން 34 އަހަރުގެ ނޭމާ އަނިޔާގައި ހުއްޓަސް ބްރެޒިލްގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ އޭނާ އެވެ. ގައުމީ ޓީމަށް އޭނާ ނެގި އެންމެ މުހިންމު އެއް ސަބަބަކީ ވެސް ސްޕޮންސަރުންނާއި ސަޕޯޓަރުން އޭނާ ގައުމީ ޓީމުގައި ހިމަނަން ބާރު އެޅުމެވެ. ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނޭމާ އަށް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

ބްރެޒިލްގެ އެއް ނަންބަރު ދީފައިވަނީ ކީޕަރު އަލިސަން ބެކާ އަށެވެ. އާސެނަލްގެ ޑިފެންޑަރު ގަބްރިއަލް އަށް ދިނީ ތިން ނަންބަރެވެ. ޕީއެސްޖީހެ ކެޕްޓަން މާކުއިކޯސް އަށް ހަތަރު ނަންބަރު އަދި ކަސެމީރޯ އަށް ދިނީ ފަސް ވަނަ ނަންބަރު ޖާޒީ އެވެ. ބްރެޒިލްގެ ނުވަ ނަންބަރު ދީފައިވަނީ މަތިއަސް ކޫނާ އަށެވެ. 11 ނަންބަރު ބޭނުން ކުރާނީ ބާސެލޯނާގެ ރަފީނިއާ އެވެ. ކީޕަރުންގެ ތެރެއިން ވެވެޓަން އަށް 12 އަށް އެޑަސަން އަށް ދީފައިވަނީ 23 ނަންބަރެވެ.