ޚަބަރު

ގެމަނަފުށީގައި ދެ ބިދޭސީއެއް، މާރާމާރިއެއް ހިންގައި ޒަޚަމްކޮށްލައިފި


  • މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 23:00އެހައިކަންހާއިރު

  • ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި

ގއ.ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރިއެއް ހިންގައި ޒަޚަމްކޮއްލައިިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި މައްސަލައެއް ރޭ 23:00އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަަމަށެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާގައި އަނިޔާވިފަރާތަށް ގެމަނަފުށި ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ގއ.ވިލިިނގިލި ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ