ތަރައްްޤީ

ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢު އަންނަ ހަފްތާގައި ފަށަނީ


ރ.ދުވާފަރުގެ ބޮޑެތި މަގުތަކުގެ ތެރެއިން 12 މަގެއް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ހައުސިން މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މާދަމާ ސާރވޭޓީމް އެރަށަށް ދާނެ ކަމަށާއި، އެއާއެކު ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ތައްޔާރީތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. މުއްތަލިބް ވިދާޅުވީ، މިއީ ހައުސިންގ މިނިސްޓްރީން އެ މިނިސްޓްރީގެ ޕަބްލިކް ވާރކްސް މެދުވެރިކުރައްވައި ހިންގަވާ މަޝްރޫއަކަށްވުމުން، މަޝްރޫޢުގެ ޚަރަދު ކުޑަވާނެކަމަށެވެ.

ދުވާފަރުގެ މަގުތައް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ތާރު އަޅައިގެން ކަމަށާއި، އުންމީދަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަވާލެއްވުންކަމަށް މުއްޠަލިބް ވިދާޅުވިއެވެ.