ޚަބަރު

ވަންދޫއިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ


ތ.ވަންދޫގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ފިރިހެނަކު އެރަށު ވަލު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިރޭ 9:00 ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ އެ މީހާ ގެއްލުނުކަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 19:50 ހާއިރު ކަމަށެވެ.

މި މީހާގެ މަރާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.