ކުޅިވަރު

އުފަލުގެ ކޮޅެއްނެތް، ރޯކަށް ބޭނުމެއްނޫން: ސްޕޭން ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭނަށް ހޯދައިދެވުމުން އުފަލުން ގޮސް އޭނާ ހުރީ ރޮވޭވަރުވެފައި ކަމަށާއި ނަމަވެސް އެންމެންގެ ކުރިމަތީގައި ރޯން ބޭނުން ނުވާ ކަމަށް ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފި އެވެ.

"މިއީ ވަރަށް ހާއްސަ ކާމިޔާބީ އެއް. އަހަރެން މިހުރީ ހިތުގެ އަޑިން ރޮވިފައި. އެކަމަކު ވެސް ރޯކަށް ބޭނުމެއްނޫން. ސަބަބަކީ މި އުފާވެރި ވަގުތު މިއީ އެކަމަށް މުނާސަބު ކަމަކަށް ނުވާތީވެ. ހަގީގަތުގައި މި ކާމިޔާބީ އަކީ ވަރަށް މަސައްކަތުން ހޯދުނު ކާމިޔާބީ އެއް. އަހަރެން މިހުރީ ވަރަށް ފަހުރުވެރިވެފައި" ކޯޗު ބުންޏެވެ.

ޔޫރޯ ކާމިޔާބު ކޮށްފައި ގޮސް ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަމަ ކޯޗު ބުނީ ކުޅުންތެރިންނާއެކު މި ތަށި ހޯދަން ވަރަށް ގިނަ ވަގުތު ހޭދަކޮށް، އެހާމެ ބުރަކޮށް މަސައްކަތް ކުރެވުނު ކަމަށެވެ.

"އަހަރެން ބުނާނީ ސްޕޭނުގެ މި ޓީމަކީ ވަރަށް ނަމޫނާ ޓީމެކޭ. މިއީ ވަރަށް ހުނަރުވެރި ޓީމެއް. އެންމެނަށް ވެސް ކުޑަކުދިންނަށް ވެސް ސްޕޭނުގެ ބޮޑެތި މީހުންނަށް ވެސް އާއިލާތަކަށް ވެސް، ސްޕޭނުގެ ކުޅިވަރަށް ވެސް، ކުޑަކުދިންނަށް ވެސް ސުވާލު ނޫފެއްދޭވަރުގެ ހުނަރުވެ މޮޅު ޓީމެއް. މަސައްކަތުގެ ރޭޓް އެހާ ވަރުގަދަ ޓީމެއް. އަހަރެން މި ޓީމާމެދު އިތުރަށް ބުނާނެ އެއްޗެއް ނެތް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕް ފައިނަލެއްގައި ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހުނު ނަމަވެސް އަދި އާޖެންޓީނާގެ އެއް ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ވެސް މެޗު ގެއްލިދާނެތީވެ އޭނާގެ ކުޅުންތެރިން ދެއްކި ވަރަށް ފަރުވާތެރި ކުޅުމެއް ކަމަށެވެ.

"އަހަރުމެން ތިބީ ހުރިހާ ކަމަކަށް ތައްޔާރުވެގެން. އެ މީހުން 10 ކުޅުންތެރިންނަށް ވީމަ ވެސް އަހަރުމެން ވިސްނުން ބެހެއްޓީ މެޗު ފަސޭހަ ނުކުރުމަށް،" ކޯޗު ބުންޏެވެ.

މިއީ ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތަށި ހޯދީ 2010 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލްގައި ވެސް ސްޕޭން މޮޅުވީ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ.