ދީނާއި އަޅުކަން

ޤުރުއާން ހިތުދަސްކުރި 6 ފަރަތާކަށް ޝަރަފުގެ ފިލާ ދެއްވައިފި


ކީރިތި ޤުރުއާން ހިތުދަސްކުރި ހަ ފަރަތާކަށް ޝަރަފުގެ ފިލާ ދެއްވައިފިއެވެ. މި ދަރިވަރުންނަށް އިނާމާއި ސަނަދާއި ތާޖް ޙަވާލުކޮށްދެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފެއްޓެވުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ. img:http://s4.psmnews.mv/images/660x400/14754827514189.JPG|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، މި މަރުކަޒުން ޤުރުއާން ހިތުދަސްކުރުމަށް މަގުފަހިކޮށްދެއްވައި، ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރައްވާނެ ކަމަށާއި ގްރޭޑް 5 ނިންމާ ދަރިވަރުންނަށް ޤުރުއާން ހަތިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢު އަތޮޅުތެރޭގައިވެސް ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14754817413846.JPG|ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ޤުރުއާން ހިތުދަސްކޮށް އެކަމުގެ ސަނަދު ޙާސިލްކުރި ހަ ދަރިވަރުންނަކީ ހއ. ދިއްދޫ ފުނަކުރި، ބައްސާމާ ސުލައިމާނާއި ދ. މީދޫ ފެހިގެ، ސުލްތާން މުޙައްމަދު ލަޠީފާއި ހ. ލަކީ، ހިމްނާ މުޙައްމަދު އިޔާޒާއި އައްޑޫ ސިޓީގެ އިހާ، މަރިޔަމް ހުލްމާ މަޝްކޫރާއި މއ. ނާރެސް އާލާ އަޖްމަތް ޖަމީލާއި ހުޅުމާލެ ފްލެޓް ނަންބަރު 04 6، އަޙްމަދު ޝުޖާޢު ޝަރީފެވެ. img:http://s1.psmnews.mv/images/660x400/14754827905379.JPG|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް