ޚަބަރު

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އޮތީ ވެންޓިލޭޓަރުގައި


  • ފިހިފައިވަނީ ބަންގްލަދޭޝްގެ މީހެއް

  • މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ. ފީއަލީ އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ހަފުތާގައެވެ.

ފ. ފީއަލީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ހާދިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗްއިން ވިދާޅުވީ، އެ މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށެވެ. އެއީ 39 އަހަރުގެ ފިރެހެކެވެ. އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 ހާއިރުއެވެ. މި ހާދިސާގައި މިފްކޯގެ އައިސްޕްލާންޓާއި 3 ބޯޓެއް ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.