ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން މިރަމަޟާން މަހު ކުރިއަށް ގެންދިޔަ އެކިއެކި މުބާރާތްތަކާއި ޕްރޮގްރާމްތަކުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. މިއަހަރު ރަމަޟާން މަހު ބެލުންތެރިން ޝަޢުގުވެރިވި ގިނަ ޕްރޮގްރާމްތަކެއް ޕީއެސްއެމުން ގެނެސްދީފައިވެއެވެ.
ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ދީނީ ސުވާލު މުބާރާތަކީ، ދިވެހިންގެ ދީނީ މަޢުލޫމާތު މުއްސަނދި ކޮށްދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. އަޑުގެ 45ވަނަ ދީނީ ސުވާލު މުބާރާތުގެ އެއްވަނަ ޙާސިލުކުރީ، ސ.މަރަދޫ ފިތުރޯނުގެ، އާމިނަތު އިނާ އަޙްމަދު ރަޝީދެވެ. މިއަހަރުގެ މުބާރާތުގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ، ޢުމްރާ ދަތުރެކެވެ. އިނާމު ރަމްޒީކޮށް ޙަވާލުކޮށްދެއްވީ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
ޕީއެސްއެމް އެއާގެ ބޮޑު އިނާމުގެ ގޮތުގައި ދެ އިނާމެއް ހުށައަޅާފައިވެއެވެ. އެގޮތުން އެއޯން އެނާޖީގެ ޕީވީއެސް ސިސްޓަމް ލިބިފައިވަނީ، ފަތުޙުﷲ ޢަލީއަށެވެ. އެ ކުންފުނީގެ ފަރާތުން އިނާމު ޙަވާލުކޮށްދެއްވީ، މެނޭޖިންގ ޑިރެކްޓަރ މަރޓިމް ކުންހާ އަދި ޑީއެމްޑީ އާއިޝަތު ލަބީނާއެވެ.
ޕީއެސްއެމް އެއާގެ ބޮޑު އިނާމު، މެޕްސް ކޮލެޖުގެ މާސްޓަރސް ސްކޮލަރޝިޕް ލިބިފައިވަނީ، ޢަލީ ސަމާޙުއަށެވެ. އިނާމު ޙަވާލުކޮށްދެއްވީ، ކޮލެޖުގެ ޑީން ޢަބްދުލް އަލީމް ޙަސަންއެވެ.
މިވަގުތުގެ ބޮޑު އިނާމު ސައިކަލު ލިބިފައިވަނީ، މޫސާ ޝަވަން އައްބާސްއަށެވެ. މިވަގުތުގެ ބޮޑު އިނާމަށް ހުޅުވާލީ ރަމަޟާންމަހުގެ 1ވަނަ ދުވަހުއެވެ. މި އިނާމަށް ގުރުއަތުލުން ކުރިއަށް ގެންދިޔައީ، މިއަހަރުގެ ޝައްވާލުމަހުގެ ހަ ރޯދައިގެ ފަހު ދުވަހުގެ ޕްރޮގްރާމްގައެވެ.
އިސްލާމީ މާލީ ނިޒާމާއި ބެހޭ މަޢުލޫމާތަށް އަހުލުވެރި ކުރުމަށް ގެނެސްދިން "ތަމްވީލް" ޕްރޮގްރާމުގެ އިނާމުގެ ނަސީބުވެރިއަކީ، ޙަސަން ފަޔާޒުއެވެ. އިނާމެއްގެ ގޮތުގައި ދީފައިވަނީ، ދެ މީހަކަށް ޢުމްރާ ދަތުރެކެވެ.
މިއަހަރުގެ މިއީ ކާކު ސުވާލު މުބާރާތް ޚާއްސަކޮށްފައިވަނީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފުޓްބޯޅަ ކުޅުންތެރިންނަށެވެ. މިމުބާރާތުން އެއްވަނައަށް ހޮވާފައިވަނީ، މުޅި ރޯދަމަހުގެ ހުރިހާ ދުވަހެއްގައި ރަނގަޅު ޖަވާބު ފޮނުވި ފަރާތްތަކުގެ މެދުގައެވެ. އެއްވަނަ އިނާމު 25000 ރުފިޔާގެ ނަސީބުވެރިއަކީ، ނަޖީބާ ޢަލީއެވެ.
ހާރުދަން ޝޯވގެ ސާންޑް ޗެލެޖުގެ އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައިވަނީ، މުޙައްމަދު މާދިން މޫސާއެވެ.
ރަހަތަފާތުގެ ސުވާލުތަކުގެ ރަނގަޅު ޖަވާބު ފޮނުވައިގެން ނަސީބުވެރިއަކަށް ހޮވިފައިވަނީ، ޙަސަން ފަޔާޒުއެވެ. އިނާމެއްގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލުގައި ދެ ދުވަހުގެ ހުރުން ވަނީ ލިބިފައެވެ.
1ވަނަ - މިންނާ ޢަބްދުﷲ / އާގަދަގެ ، ށ.ކޮމަންޑޫ – 10،000 ރުފިޔާ
2ވަނަ - އާމިނަތު ޝީޒާ / ޖަވާހިރުމާގެ، ތ .މަޑިފުށި – 7،000 ރުފިޔާ
3ވަނަ - ޢާއިޝަތު ޒިދުނާ / މއ.ކުރެދިވަރު، މާލެ – 5،000 ރުފިޔާ
1ވަނަ – ފާތިމަތު ސުހާނާ / އާގަދަގެ، ށ. ކޮމަންޑޫ، 3،000 ރުފިޔާ
2ވަނަ – ޢާއިޝަތު ޒިދުނާ / މއ. ކުރެދިވަރު، މާލެ، 2،500 ރުފިޔާ
3ވަނަ - އަޙްމަދު އަރީފް / އައްސޭރި، ފ. ނިލަންދޫ، 2،000 ރުފިޔާ
ކުރު ވާހަކަ މުބާރާތަކީ، ދިވެހިރާއްޖޭގެ އަޑުގެ އެންމެ ޒަމާންވީ އެއް މުބާރާތެވެ. ދިވެހި ބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރި ކަމުގެ ފަންނު ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި ފެށި މި މުބާރާތް 1980ގެ ކުރީކޮޅުން ފެށިގެން މެދުނުކެނޑި އަންނަނީ ގެނެސްދެމުންނެވެ.