ޓުއަރިޒަމް

ގެސްޓްހައުސްތަކަށް އަމާޒުކޮށް، ޚާއްސަ އެވޯޑް ޝޯއެއް ބާއްވަނީ


ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށް އަމާޒްކޮށްގެން ޚާއްސަ އެވޯޑް ޝޯއެއް ބޭއްވުމަށް މަޓާޓޯއިން ނިންމައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓެރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯގެ ރައީސް އަބްދުއްﷲ ޤިޔާސް ވިދާޅުވީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެޑިޝަނެއްގެ ގޮތުގައި އަންނަ އަހަރު ތައާރަފްކުރުމަށް ހަމަޖެހިފައިވާ މި އެވޯޑް ޝޯއަކީ ގެސްޓަހައުސް ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ސޯސިއޭޝަނުން އެއްބާރުލުން ދީ އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ބާއްވަން ރާވާފައިވާ އެވޯޑް ޝޯއެއްކަމަށެވެ.

މި އެވޯޑް ޝޯ ބާއްވާނީ ގެސްޓްހައުސް މޯލްޑިވްސް އިންތިޒާމްކުރި ފަރާތް ކަމުގައިވާ މޯލްޑިވްސް ގެޓަވޭސް އާއި ގުޅިގެން ކަމަށްވެސް ޤިޔާސް ވިދާޅުވިއެވެ.

މަޓާޓޯއިން މިހާރުވެސް އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒްކޮށްގެން އަހަރީ ޓްރެވަލް އެވޯޑް ޝޯއެއް ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރމަހުގެ ތެރޭގައެވެ.