ޚަބަރު

ޕޮލިސް ބަލިކޮށް، ވިލިމާލެ ޔުނައިޓެޑް ފައިނަލަށް


  • މެޗުގަ ފުރަތަމަ ލީޑު ނަގާ ކުރި ހޯދީ ވިލިމާލެ ޓީމުން

  • ދެވަނަ ސެމީގަ ވާދަކުރަނާ ނިއު އާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ޕޮލިސް ކުލަބު ބަލިކޮށް މުބާރާތުގެ ފައިނަލުން ވިލިމާލެ ޔުނައިޓެޑް ޖާގަހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗު ވިލިމާލެ ޓީމުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެޓޭކްގައި ބޮޑަށް ނުރައްކާ ގިނަ ހަމަލާތައް ފޮނުވާލި ވިލިމާލެ ޓީމުންނެވެ. މެޗުގަ ފުރަތަމަ ލީޑު ނަގާ ކުރި ހޯދީ ވިލިމާލެ ޓީމުންނެވެ. އެގޮތުން މެޗުގެ 7 ވަނަ މިނިޓުގެ ތެރޭގެ އެޓީމުގެ ޖުނައިދު ކާމިޔާބު ކުރި ލަނޑުން ލީޑުނެގިއެވެ.

މި ލަނޑަށް ފަހު ޕޮލިސް ޓީމުގެ މުހައްމަދު ނާޒިމް އަދި ނަސްރުﷲ ސައީދު އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޕޮލިސް ޓީމުން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮއްފަވެއެވެ.

ދެވަނަ ހާފު ފަށައިގެން ވިލިމާލެ ޓީމުގެ ހަސަން ސޮލާހަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު އާދަމް މައުރޫފް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ވިލިމާލެއިން ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކުރީ 53 ވަނަ މިނިޓުގައި ހަސަން ސޮލާހެވެ.

މި ލަނޑަށްފަހު ޖުނައިދު ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ޕޮލިސް ކުލަބުން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 57 ވަނަ މިނިޓުގައި އާޔަތުﷲ އިބްރާހީމްއެވެ.

މުބާރާތުގެ ދެވަނަ ސެމީގަ ވާދަކުރަނާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބެވެ.