ތަރައްްޤީ

އުރީދޫ ކަސްޓަމަރުންނަށް "ފަސޭހަމަގު" އެޕްލިކޭޝަން ހިލޭ


ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އަންގައިދިނުމަށް ހައުސިން މިނިސްޓްރީން ތަޢާރަފްކުރެއްވި އެޕްލިކޭޝަން އުރީދޫ ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭނެ އިންތިޒާމް އުރީދޫންއިން ހަމަޖައްސައިފިއެވެ.

މިކަމުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ހައުސިންގ މިނިސްޓްރީގައި މީޑިއާއަށް މަޢުލޫމާތުދެމުން އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހަ ވިދާޅުވީ، އުރީދޫ ކަސްޓަމަރުންނަށް "ފަސޭހަމަގު" އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭނެ ކަމަށާއި، ޓެކްނިކަލް ގޮތުން ސަރުކާރަށް އުރީދޫގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ. 

ފަސޭހަ މަގަކީ ސަރުކާރުން ހިންގަވާ އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ލިބޭގޮތަށް ފަރުމާކުރައްވައި، މި މަހުގެ ތެރޭގައި ތަޢާރަފްކުރެއްވި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝނަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.