ތަރައްްޤީ

ފެރީ ޓަރމިނަލުގެ އެކްޕްރެސް ޖެޓީގެ ވޯކްވޭ ހިޔާކުރަނީ


ހުޅުމާލެ ފެރީ ޓާރމިނަލުން ފެށިގެން އެކްޕްރެސް ޖެޓީއަށް ދާން އޮންނަ ވޯކްވޭ ހިޔާކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިދިނުމުގެ ގޮތުން ވޯލްކްވޭ ހިޔާކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނީ، މި މަސައްކަތް ނިމުމުން، ހުޅުމާލެއިން މާލެ ދަތުރުކުރާ މީހުން ފެރީއަށް މަޑުކުރާއިރު އަވީގައި މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

ހުޅުމާލެ ފެރީ ޓާރމިނަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެގޮތުން ޓަރމިނަލްގެ ވެއިޓިން އޭރިއާގެ ކިއު ބޮޑުނުވާނެ ގޮތަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ގެންދަނީ ކުރަމުންނެވެ.