ޓުއަރިޒަމް

ޔޫއޭއީގެ ފަތުރުވެރިންގެ މަޤްބުލް މަންޒިލްތަކުގެ ތެރޭގައިި ރާއްޖެ


ޔުނައިޑެޓް ޢަރަބް އެމިރޭޓްސްގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޗުއްޓީއަށް ތަންތަނަށް ދަތުރުކުރުމުގައި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދޭ ވެބްސައިޓެއް ކަމަށްވާ ހޮލިޑޭމީގެ ފަރާތުން ޔުނައިޑަޓް ޢަރަބް އެމިރޭޓްސް، ޔޫއޭއީގެ ފަތުރުވެރިންނަށް އަމާޒްކޮށްގެން ކުރި މި ސަރވޭގައި، އެ ވެބްސައިޓުގެ އެހާސް ފައްސަތޭކަ ކަސްޓަމަރުންނާ ސުވާލުކޮށްފައިވެއެވެ.

ސަރވޭގެ ނަތީޖާއިން ދައްކާގޮތުން ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 3 މަންޒިލަކީ، ރާއްޖެ، ޖޯޖިއާ އަދި ޔުނައިޑަޓް ކިންގްޑަމްއެވެ.

ސަރވޭގައި ބައިވެރިވިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތަ މީހުން އަހަރަކު އެއްފަހަރު ޗުއްޓީއަށް ޤައުމުން ބޭރަށްދާ ކަމަށް ބުނެފައިވާއިރު، 31 އިންސައްތަ މީހުން، އަހަރަކު ދެފަހަރު ޗުއްޓީއަށް ޤައުމުން ބޭރަށްދާ ކަމަށް ބުނެފައިވެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ މީހުން ޢާއްމުގޮތެއްގައި ޗުއްޓީ ހޭދަކުރަނީ ޢާއިލާއާއެކު ކަމަށްވާއިރު، މި ސަރވޭއިންވެސް ދައްކާގޮތުން، 44 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށްދަނީ ޢާއިލާއާއެކުގައެވެ.