ޓުއަރިޒަމް

ޕްރެސްޓީޖިއަސް ސްޓަރ އެވޯޑްސް ދުސިޓް ތަނި މޯލްޑިވްސްއަށް ލިބިއްޖެ


އެންމެ ފުރިހަމައަށް ކައިވެނީގެ ޙަފްލާތައް ބާއްވާ ރިސޯޓްގެ އެވޯޑް ދުސިޓް ތަނި މޯލްޑިވްސްއަށް ލިބިއްޖެއެވެ.

ތަފާތު ޙަފްލާތައް އެންމެ ފުރިހަމައަށް ބާއްވާ ހޮޓެލްތަކާއި ރިސޯޓްތަކަށް ދޭ، "ޕްރެސްޓީޖިއަސް ސްޓަރ އެވޯޑްސް" ގައި ތަފާތު 20 ކެޓަގަރީއަކުން އެވޯޑްތައް ދީފައިވެއެވެ. އޭގެތެރޭގައި ފެޝަން އިވެންޓްތަކަށް އެންމެ ކަމުދާ ރިސޯޓް ހޮޓެލްތަކާއި، އެންމެ ފުރިހަމައަށް ބައްދަލްވުންތަކާއި ކޮންފަރެންސްތައް ބާއްވައިދޭ ތަންތަނާއި އެންގޭޖްމަންޓް ޕާޓީތައް ބޭއްވުމަށް އެންމެ ކަމުދާ ތަނަކަށް އެވޯޑް ދީފައިވެއެވެ.

tw:https://twitter.com/PrestigiousVns/status/776883480156377088

މިއަހަރުގެ އެވޯޑަށް ދެހާހަށްވުރެ ގިނަ ތަންތަން ރިވިއުކުރުމަށްފަހު، ނޮމިނޭޓް ކޮށްފައިވަނީ 200 ތަނެކެވެ. އަދި "ޕްރެސްޓީޖިއަސް ސްޓަރ އެވޯޑްސް" ލިބިފައިވަނީ 20 ތަނަކަށްކަން ފާހަގަކޮށްލެވެއެވެ.

ޙަފްލާތައް ބޭއްވުމަށް ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ، ތަންތަން ހޮވާ މި އެވޯޑްޝޯ މިއަހަރު ބާއްވާފައިވަނީ ލަންޑަންގައެވެ.