ޚަބަރު

ސަޢޫދީ އަރަބިއްޔާގައި ދިވެހި ޙައްޖާޖިއަކު ނިޔާވެއްޖެ


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުންގެ ތެރެއިން ޙާލު ސީރިއަސްވެގެން ސަޢޫދީ އަރަބިއްޔާގެ ކިންގ ފައިސަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ފިރިހެން މީހާ ނިޔާވެއްޖެއެވެ.

ސަޢޫދީ އަރަބިއްޔާގެ ކިންގ ފައިސަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ ނިޔާވީ އއ. އުކުޅަސް ސްޓާރލިން އުމުރުން 70 އަހަރުގެ މުޙައްމަދު ތައުފީޤެވެ. އޭނާގެ މައްޗަށް ކަށުނަމާދުކުރުން މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި އޮންނާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

tw: tw:https://twitter.com/Hajjcorporation/status/778134905427492865

މުޙައްމަދު ތައުފީޤްގެ ހާލު ސީރިއަސްވުމާއިގުޅިގެން  ކިންގ ފައިސަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މުޙައްމަދު ތަޢުފީޤުގެ އިތުރުން ރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރި 2 މީހަކު ސަޢޫދީ އަރަބިއްޔާގައި ނިޔާވެފައިވެއެވެ.