ތަރައްްޤީ

ކަންނެލި މަސްވެރިކަމަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަނީ


13 މީހުންނާއިއެކު ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އދ.ހަންޏާމީދޫގައި ދުއްވާ "އަޖުމަ" ނަމަކަށް ކިޔާ މި ދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިމަހު 12 ވަނަ ދުވަހު ރ.ރަސްގެތީމުން ކަމަށާއި މިދޯންޏަކީ ދިގުމިނުގައި 78 ފޫޓުހުރި ބޭރުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައިވާ އަދި ރަތް ގެ ގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 މިނަމްބަރު ފެކްސްކުރެއްވުމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.