13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގިނަ އިވެންޓުތަކެއް ނިންމާލައިފިއެވެ.
މުބާރާތުގެ 2 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އިވެންޓުތަކުގެ ތެރެއިން ޓްރިޕްލް ޖަމްޕް (ސީނިއާ) އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ޖައިލަމް ވަހީދެވެ.
ސޮޓްޕުޓް (ސީނިއާ) އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ޝައްމޫންއެވެ.
އަންހެނުންގެ 800 މީޓަރު ދުވުމުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ އަހުމަދެވެ. ފިރިހެން 16 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ އެއްވަނަ ހޯދީި ސާއިދު ސްޕޯޓްސްގެ އިސްމާއިލް މުލްހަމް އާޒިމެވެ.
އަންހެން 16 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ ޗެމްޕިއަންކަން ހޯދީ ސާއިދު ސްޕޯޓްސްގެ ކައިރާ އަފްރާހް ގާސިމެވެ. ފިރިހެން 16 އަހަރުން ދަށުގެ ޑިސްކަސް ތްރޯގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ފިރުދައުސް އަބްދުލް މާޖިދެވެ.
އަންހެން ކުދިންގެ ޖެވެލިން ތްރޯގެ ޗެމްޕިއަންކަން ހޯދީ ދަ ބްލެކް މާލިންގެ މަލާކް ބިންތް އަހުމަދު ކަމާލްއެވެ. އަންހެނުންގެ (ސީނިއާ) ލޯންގް ޖަމްޕް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ އައިޝަތު ޝައިމް އަޒީޒެވެ.
ފިރިހެނުންގެ 500 މީޓަރު (ސީނިއާ) ކެޓަގަރީގެ ދުވުމުން ޗެމްޕިއަންކަން ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާނެވެ. 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓްޕުޓްގެ ޗެމްޕިއަންކަން ހޯދީ އާލާ އަޒްރަފް ފާރޫގެވެ.
އަންހެނުންގެ 500 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ ރަނިންމޯޑް އެތުލެޓިކްސްގެ އައިޝަތު ޖިނާނީ އިބްރާހިމްއެވެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގްޖަޕް ގެ ޗެމްޕިއަންކަން ހޯދީ ނަސީރު ސްޕޯޓްސް ކުލަބުގެ އަލަން މުހައްމަދު ޔޫސުފެވެ.
ފިރިހެނުންގެ ހައިޖަމްޕް (ސީނިއާ) އިވެންޓުގެ ޗެމްޕިއަކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނައިކް ވަޖީހެވެ.
އަންހެން 16 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޝަރީފް ސްޕޯޓްސްގެ އައިޝަތު ޒައިނާ ހަމްޒާއެވެ.
ފިރިހެން 16 އަހަރުން ދަށުގެ ޑިސްކަން ތްރޯގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ފިރުދައުސް އަބްދުލް މާޖިދެވެ.
13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިޔަށް ދަނީ މިމަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައެވެ. މިމުބާރާތުގައި 17 ޓީމަކުން 236 އެތުލީޓުން ދަނީ ވާދަކުރަމުންނެވެ.
މި މުބާރާތުގައި ޖުމްލަ 56 އިވެންޓު ކުރިއަށްދާނެއެވެ.