އައްޑޫ ސިޓީއަށް މިއަހަރު އައި ފުރަތަމަ ކްރޫޒްލައިނަރއަށް މަރުހަބާ ކިޔައިފިއެވެ. މިއީ އެމްއެސް އައިލެންޑް ސްކައި ނަމަކަށްކިޔާ ކްރޫޒްލައިނަރއެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެމްއެސް އައިލެންޑް ސްކައި ކްރޫޒްލައިނާއިން ރާއްޖެއަށް 84 ފަތުރުވެރިންނާއި، 81 ފަޅުވެރިން އައިސްފައިވާކަމަށެވެ. އިމިގްރޭޝަނުން ވަނީ މި އެންމެންނަށް ކްލިއަރެންސް ދީފައެވެ.
މި ކްރޫޒްލައިނަރ އައިސްފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިންނެވެ. އިމިގްރޭޝަނުން ވިދާޅުވީ އައްޑޫގެ އިތުރުން ހއ. އުލިގަމު އަދި ހދ. މަކުނުދުއަށްވެސް މި ކްރޫޒްލައިނާ ބަނދަރުކުރާނެ ކަމަށެވެ.
މި ކްރޫޒްލައިނާއިން އައިސްފައިވަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ، އޭގެތެރޭގައި ގިނައީ އިނގިރޭސި ފަތުރުވެރިންނެވެ.
The Seaport Division officers successfully provided en-route immigration clearance services for 84 passengers and 81 crew members aboard MS Island Sky, which arrived from Mahé, Seychelles to Hithadhoo, Addu City, on February 5th, 2026. pic.twitter.com/jBdQduk0Fw
— Maldives Immigration (@ImmigrationMV) February 7, 2026
މިއީ މިއަހަރު ރާއްޖެ އައި 3 ވަނަ ކްރޫޒްލައިނާއެވެ. މީގެކުރިން އައި 2 ކްރޫޒްލައިނަރވެސް އައީ މާލެއަށެވެ. އެ 2 ކްރޫޒްލައިނަރއިން ރާއްޖެއަށް 1056 ފަތުރުވެރިން އައެވެ. ރާއްޖެއަށް ދޭތެރެ ދޭތެރެއިން ކްރޫޒްލައިނަރތައް އާދެއެވެ. އަދި ކްރޫޒްލައިނަރތަކުން އަންނަ ފަތުރުވެރިން ރަށްރަށައްވެސް ފައިބައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 242،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4 އިތުރު އަދަދެކެވެ.