ޚަބަރު

ޢީދު ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގަނީ


މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ބައެއް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަށް ގުޅިގެން ތިން ހަރަކާތެއް ކުރިއަށްގެންދެވުމަށް ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު އަޙުސަން ވިދާޅުވީ ޢީދުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. އެގޮތުން މާލޭގައި މާފަންނު ސްޓޭޑިއަމްގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނެ ކަމަށާއި، ވިލިމާލޭގައި، ވިލިމާލޭ ބޯޅަދަނޑުގައި އަދި ހުޅުމާލޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ނިންމަވާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 21 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް މިނިސްޓްރީން ނިންމަވާފައި ވާކަމަށާއި، ޢީދު ނަމާދުގެ އިތުރުން ޢީދު ދުވަހުގެ ހަވީރު ހޮސްޕިޓަލްތަކާއި ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ކުޑަކުދިންނަށާއި ބަލިމީހުންނަށް ހަދިޔާ ދިނުމުގެ ހަރަކާތެއް އޮންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ދެ ހަރަކާތުގެ އިތުރުން ވަޅު ޢީދު ދުވަހާއި އެއާއި ޖެހުނު ދުވަހު ރަސްފަންނުގައި ވަރަށް ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް މިނިސްޓްރީއާއި ޖަމްޢިއްޔާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ޢީދުވަހަށް ޢަމާޒު ކުރައްވައިގެން ކުރިއަށްގެންދެވުމަށް މަސައްކަތްކުރެއްވި އުޟުޙިޔާ ކަތިލުމުގެ ހަރަކާތް މި އަހަރު ނޯންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.