މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުމާއި، ނެވާލާ ނިޒާމުގެ ބަލިތައް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާކަމަށެވެ. އަދި މީގެ އިތުރުން މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.
އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ފެތުރުނަ ނުދިނުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
• މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާގޮތަށް މާސްކުއެޅުން
• ސައިބޯނި ލައިގެން އަތް ދޮވުން، ނުވަތަ ސެނިޓައިޒަރ ބޭނުންކުރުން
• ބަލިމީހުންނާއި ކުޑަކުދިން ގާތަށް ނުދިއުން
• ރޯގާގެ އަލާމަތްތައް ރަނގަޅުވަންދެން ސްކޫލް / ވަޒީފާއަށް އަދި މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ނުދިއުން
ޑެންގީއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން ޑެންގީން ރައްކާތެރިވުމަށް އެންމެ މުހިންމުކަމަކީ މަދިރި އުފެދި އާލާވާގޮތަށް ފެންހަރުލާފައި ހުންނަ ތަންތަން ނައްތާލުމާއި ގައިގައި މަދިރި ނުހަފާނެހެން މަދިރި ލޯޝަން ލައިގެން އުޅުންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
• ކާބޯތަކެތި ތައްޔާރުކުރުމާއި ކާން ހެދުމާއި ފާހާނާއަށް ދިނުމުގެ ކުރިން އަދި ފާހާނާކުރުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން
• ކާބޯތަކެތި މަތިޖަހާގައި ބެހެއްޓުން
• ކާބޯތަކެތި ކެއްކުމަށްފަހު ގިނަ އިރު ބަހައްޓާނަމަ ފްރިޖްގައި ބެހެއްޓުން
• ބޭރަށް ހިންގާ ހޮޑުލާނަމަ ގިނަގިނައިން އޯ.އާރު.އެސް ނުވަތަ ދިޔާ ތަކެތި ބޭނުން ކުރުން
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.