ތަރައްްޤީ

ޕައިޕްލައިން އެންހޭންސްމަންޓް ޕްރޮގްރާމް 2017ގައި ނިންމާލެވޭނެ


މާލޭގެ އުސް ޢިމާރަތްތަކަށް ޕްރެޝަރުގައި ފެން ނުލިބޭތީ އެކަން ޙައްލުކުރުމަށް ހިންގާ ޕައިޕްލައިން އެންހޭންސްމަންޓް ޕްރޮގްރާމްގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔު އެސްސީން ހާމަކޮށްފިއެވެ. މިމަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ އިމާރާތްތައް ވެސް ދަނީ އުސްވަމުންނެވެ. އެގޮތުން ދިމާވާ ފެނުގެ މައްސަލަތަކަށް ބަލާއިރު އުސް އިމާރާތްތަކަށް ފެން ނުލިބުމުގެ ޝަކުވާ އެމް.ޑަބްލިޔު.އެސް.ސީއަށް ހުށައަަޅަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އެމްޑަބްލިޔު އެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުންޏަށް  ޢާއްމުން ހުށަހަޅަމުންދާ ޝަކުވާތަކުގެ ތެރޭގައި ގައި، ޚާއްޞަ ކޮށް 4 ވަނަ ބުރިޔަށްވުރެ މަތީގައި ދިރިއުޅޭ ފަރާތްތަކަށް ފެންނުލިބިިގެން ހުށަހަޅާ ޝަކުވާތައް ހިމެނޭކަމަށެވެ. ފަޒުލް ވިދާޅުވީ، ބައެއް ވަގުތު ތަކުގައި ބައެއް ގޭގޭގެ މަތީ ފަންގިފިލާތަކަށް އެއްވެސް ވަރަކަށްފެން ނުލިބޭވަގުތުވެސް އަންނަަކަމަށެވެ.

މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ މަސައްކަތް ފައްޓަވާފައެވެ. އެމްޑަބްލިޔު އެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އުސް އިމާރތްތަކަށް ފެންދޫކުރަން ޖެހެނީ ވަކި ޕްރެޝަރެއްގައި ކަމަށާއި، ވަކި ޕްރެޝަރަކަށްވުރެ ގަދަޔަށް ފެން ދޫކޮށްފިނަމަ އިމާރާތްތަކުގައި ފެންބޭނުންކުރާ ނިޒާމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން ގޭގޭގެ ފެނުގެ ނިޒާމު ފެއިލްވެ، ފެންހޮޅި ފަޅައިގެން ދިޔުން ފަދަ ކަމެއް މެދުވެރިވެދާނެކަމަށެވެ.

މާލޭގައި އުސް ޢިިމަރާތަތަކަށް ފެންދޫކުރަމުން ދަނީ ދުނިޔޭގެ  ޤައުމުތަކުގައިވެސް މިޚިދުމަތް ދޭއުޞޫލުން ބޫޝްޓަރ ޕަންޕް މެދުވެރިކޮށްކަން ފާހަގަ ކުރައްވައި ފަޒުލް ރަޝީދު ވިދާޅުވީ މިފަދަ ނިޒާމެއްގެ ތެރެއަިން ފެންދޫކުރުމަކީ،  ފެންދޫކުރުމަށް އޮތް އެންމެ ރާއްކާތެރި އަދި ރަގަޅު ގޮތްކަމުގައެވެ.  މާލޭގެ އުސްޢިމާރާތްތަކުގެ ތިންވަނަ ފަންގިފިލާއާ ހަމަޔަށް އެއްވެސް ދަތިކަމެއް ނެތި މިހާރު ޕުރެޝަގަ ފެންލިބޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.