ތަރައްްޤީ

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމް ކުރައްވަނީ


ދެހާސް އަށާރަ ވަނަ އަހަރު އަންނަންވާއިރަށް އައްޑޫސިޓީގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާގެ ޚިދުމަތްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫސީޓީހިތަދޫ ނަރުދަމާގެ މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި އެމްޑަބްލިޔުއެސްސީހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ސ. ހިތަދޫގައި މިހާރު ނަރުދަމާގެނިޒާމް ޤާއިމްނުކުރެވި އޮތް، އެރަށުގެ އުތުރާއި ދެކުނުގެ ސަރަޙައްދުގެ ނަރުދަމާނިޒާމު ޑިޒައިންގކުރުމާއި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ކޮންޓްރެކްޓް އެމްޑަބްލިޔުއެސްސީއާޙަވާލުކުރެއްވީ 15 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ. މިއީ، ސަރުކާރުގެޕީ. އެސް.އައި.ޕީ ބަޖެޓުން 109 މިލިޔަނަށްވުރެ ގިނަ ރުފިޔާގެބަޖެޓަކުން ހިންގަވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެދަށުން ހިތަދޫގެ އުތުރާއިދެކުނުގެ 878 ގެއަށް ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދެއްވާނެކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ،އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް މި ސަރުކާރުންޤާއިމްކޮށްދެއްވާނެކަމަށާއި 2018ވަނަ އަހަރުގެ ކުރިން މިމަސަކަތް ނިންމަވާލެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

"ސަރުކާރުން މިހާރު މިދަނީއައްޑޫސިޓީގެ ހުޅުދުއާއި މީދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްކުރަމުން.. އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓެންޑަރކުރެވި، އެޓެންޑަރ އިވިލުއޭޓް ކުރަމުން ދަނީ.. މިމަސައްކަތަށް ބޭނުންވާފައިސާވެސް މިހާރު ސަރުކާރުން ފަންޑްސް އެލޮކްޓްކުރެވިގެން މަސައްކަތް ކުރެވިގެންމިދަނީ" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުންއެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ،އެއްބަސްވުމުގައިވާ ގޮތަށް، އެ މުއްދަތުގެ ތެރޭގައި މި މިސައްކަތް ނިންމަވާލެއްވޭކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ އެއްބާރުލުމަށް ފަޒުލް ރަޝީދު އެދިވަޑައިގެންފައިވެއެވެ.

"އަޅުގަނޑުމެން އައްޑޫ ރައްޔިތުންނަށް އަރުވަން ބޭނުންވާޔަޤީންކަމަކީ އަޅުގަނޑުމެންނާ މި ހަވާލުކުރެވުނު މަސައްކަތް ދެއްވި މައްދަތުގެތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނަމޭ.. އަޅުގަނޑުމެން އެދޭކަމަކީމިނިސްޓަރވެސް ފާހަކަކޮށްދެއްވި ފަދައިން އަޅުގަނޑުމެންނަށް އެއްބާރުލުންރައްޔިތުންގެ ފަރާތުން ލިބިދިނުން.. ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީއާއެކުމަޝްވަރާކުރުން. އަދި މަޝްވަރާއިން ޙައްލެއް ހޯދާ ދިމާވާ ގޮންޖެހުންތައް ޙައްލުކޮށްމަސައްކަތް ކުރިއަށް ގެންދިއުން". ފަޒުލް ރަޝީދުވިދާޅުވިއެވެ.

އައްޑޫސިޓީގެ ރަށްރަށުގެ ފެނުގެމަޝްރޫޢު ފެނަކަ ޕޯރަރޭޝަނާ ޙަވާލުކުރައްވައިގެން މިހާރު ކުރިއަށް ގެންދަވާކަމަށްއެންވަޔަރަމަންޓްމިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުންވެސް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތައް އައްޑޫސިޓީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.