ޚަބަރު

ޢީދު ބަންދުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެ


އަޟްހާ ޢީދު ބަންދުގައި ޤައުމީ ދާރުލް އާސާރު ބަންދުވާނެކަމަށް ޑިޕާރޓްމެންޓް އޮފް ހެރިޓޭޖުން ބުނެފިއެވެ. 

ހެރިޓޭޖް ޑިޕާރޓްމެންޓުން ބުނީ، ޤައުމީ ދާރުލް އާސާރު ބަންދު ނަމަވެސް ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރު މި މަހުގެ 13 އަދި 14 ވަނަ ދުވަހުގެ ހެނދުނު 6:15 ން މެންދުރުފަހު 13:30 ހުޅުވިފައި ހުންނާނެކަމަށެވެ. އަދި އަޟްހާ ޢީދު ބަންދަށްފަހު ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން ޤައުމީ ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހުޅުވިފައި ހުންނާނެކަމަށެވެ. ގައުމީ ދާރުލް އާސާރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:15 އިން މެންދުރުފަހު 3:30ށް އަދި ހޮނިހިރު ދުވަހުގެ މެންދުރު 12:15އިން ހަވީރު 5:30 އަށެވެ.

އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ ރަސްމީދުވަސްތަކުގައި ހެނދުނު 8:15 އިން މެންދުރު 1:30 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 8:15 އިން މެންދުރު 1:30އަށެވެ.