ޚަބަރު

ފުލަމް އަތުން ޗެލްސީ ބަލިވެ އަށް ވަނަ އަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެ ތާވަލުގެ އަށްވަނަ އަށް ވެއްޓިއްޖެ އެވެ.

މި މެޗުން ޗެލްސީ ބަލިވިއިރު ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު 21 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ. ފުލަމް އަށް ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކުރިން އެ ޓީމަށް ކޯޗުކޮށްދިން އެންޒޯ މަރެސްކާ މަގާމުން ވަކިވެފައިވާތީ މި މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ ޗެލްސީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. ނަމަވެސް ދާދި ފަހުން އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ލިއާމް ރޮޒީނިއާ މި ވަނީ މި މެޗު ބަލާފަ އެވެ.

މި މެޗު ފަށައިގެން 22 ވަނަ މިނިޓުގައި ޗެލްސީ އަށް ވަނީ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ފުލަމްގެ ވިލްސަން އަށް މާކް ކުކުރެޔާ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވާތީ މެޗުގެ ގިނައިރު އެ ޓީމުން ކުޅެން ޖެހިފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ފުލަމްގެ ރައުލް ޖިމިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 72 ވަނަ މިނިޓުގައި ޗެލްސީގެ ފޯވަޑް ލިއާމް ޑެލަޕް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ފުލަމް އިން މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ހެރީ ވިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޗެލްސީގެ އައު ކޯޗު ރޮޒީނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނެ ފުރަތަމަ މެޗަކީ އެފްއޭ ކަޕްގައި ޗާލްޓަން އެތްލެޓިކް އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ.