ޓުއަރިޒަމް

އެންމެ ރަނގަޅު ސްޕާ ޚިދުމަތްދޭ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ


ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަންޒިލްތަކާއި ވާދަކޮށް، އެންމެ ރަގަޅު ސްޕާ ޙިދުމަތް ދޭ މަންޒިލް ގެ އެވޯޑް ރާއްޖެއިން ހޯދައިފިއެވެ. 

ވޯލްޑް ސްޕާ އެވޯޑްގައި ރާއްޖެއަށް "ވޯލްޑްސް ބެސްޓް ސްޕާ ޑެސްޓިނޭޝަން"ގެ އެވޯޑް ލިބިފައިވަނީ އިޓަލީ، ދުބާއީ އަދި ނިއުޒިލޭންޑް ފަދަ މަންޒިލްތަކާއި ވާދަކޮށެވެ. ރާއްޖޭގެ ރިސޯޓްތަކުގެ ސްޕާތަކުގައި ދިވެހިންގެ ސަޤާފީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކާށި ތެޔޮ އަދި ރާއްޖޭގެ އަމިއްލަވަންތަކަން ދައްކުވައިދޭ ގޮތަށް، ހުދު ދޮންވެލިވެސް ރިސޯޓްތަކުގެ ސްޕާ ތަކުން ދޭ ޓްރީޓްމަންޓްތަކުގައި ބޭނުންކުރާކަން ވަނީ ފާހަގަކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14732293320100.jpg|ރާއްޖޭގެ ރިސޯޓެއްގެ ސްޕާއެއް

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ، ވާރލްޑް ޓްރެވަލް އެވޯޑްގެ ފަރާތުން ބާއްވާ ވޯލްޑް ސްޕާރ އެވޯޑަކީ މިދިޔަ އަހަރު ތައާރަފްކޮށްފައިވާ އެވޯޑެކެވެ. ވޯލްޑް ސްޕާ އެވޯޑްގައި ތަފާތު އެކި ކެޓަގަރީތަކުން އެވޯޑްތައް ދީފައިވޭ، އޭގެ ތެރޭގައި ބެސްޓް ހޮޓެލް ސްޕާ، ބެސްޓް ރިސޯޓް ސްޕާ، ބެސްޓް ވެލްނަސް ރިޓްރީޓު ހިމެނެއެވެ. މި އެވޯޑަށް ވޯޓުލާފައިވަނީ، ސްޕާ އިންޑަސްޓްރީގައި މަސައްކަތްކުރާ ޕްރޮޕެޝަނުންނާއި، ޓްރެވަލް ބަޔާސްއުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، އެޖެންޓުންނާއި، މީޑިއާ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުންނެވެ.