ޚަބަރު

އަމީރުލްޙައްޖު، ސަޢޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި


މިއަހަރު ރާއްޖެއިން ޙައްޖަށް ވައިޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަމީރުލްޙައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދު ފުރާވަޑައިގެންފިއެވެ.

ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު 2000 ކޯޓާ ސަޢޫދީ ސަރުކާރުން ހަމަަޖައްސަވާދެއްވާފައިވެއެވެ. މީގެތެރެއިން އެއްހާސް މީހުން ޙައްޖަށް ގޮސްފައިވަނި ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ. ބާކީ 1000 ކޯޓާ ދެއްވާފައިވަނީ އަމިއްލަ 5 ޖަމާޢަތަކަށެވެ.