ތަރައްްޤީ

ފަރެސްމާތޮޑާގައި އެއަރޕޯޓެއް ހެދުމަށް ނިންމައިފި


ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއަރޕޯޓް ހެދުމަށް ހަމަޖެހިފައިވަނީ، ގދ. ފަރެސްމާތޮޑާގައިކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ނިންމެވީ ޗައިނާގެ އެއިރޯ ސްޕޭސް ސައިންސް އެންޑް އިންޑަސްޓްރީގެ ޓީމުން އެ ސަރަޙައްދުގެ ތިން ރަށެއްގައި ހެދި ދިރާސާތަކަކަށްފަހު ހުށަހެޅި ރިޕޯޓަށް ބެއްލެވުމަށްފަހުކަމަށެވެ.

"އަޅުގަނޑުމެންނާއެކު ދެކުންފުންޏަކުން މިހާރު އެބަ މަސައްކަތްކުރަމުންދޭ މި އެއަރޕޯޓްގެ މަސައްކަތްތަކުގައި. އަޅުގަނޑުމެން އުއްމީދު މިކުރަނީ މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތަށްދެވޭތޯ" މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14565853007022.jpg|ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު - ފޮޓޯ: ޕީއެސްއެމް ނިއުސް

ގދ އަތޮޅުގައި ހަދާ ތިންވަނަ އެއަރޕޯޓް ހެދުމަށްޓަކައި ދިރާސާކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގެ އިތުރުން ފިޔޯރީއާއި، ލާބަދޫއެވެ. ފަރެސްމާތޮޑާގައި ހެދުމަށް ހަމަޖެހިފައިވަނީ 150 މީޓަރުގެ ފުޅާ އަދި 12،000 މީޓަރު ދިގު ރަންވޭއެކެވެ. 

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެސަރަޙައްދުގައި އެއަރޕޯޓެއް ހެދުމަށް ސަރުކާރުން ނިންމެވީ ޓުއަރިޒަމް އިތުރަށް ތަރައްޤީކޮށް އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުވެރިންނަށް ފަޞޭހަ ޚިދުމަތްތަކެއް ދެއްވުމަށެވެ. މިއެއަރޕޯޓް ހެދުމުން އެސަރަޙައްދުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް މިނިސްޓަރ މޫސާ ޒަމީރު މިނިސްޓަރ ވިދާޅުވިއެވެ.