ކުލަބު އީގަލްސްގެ ޒުވާން ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކުރުމާ ވަރަށް ގާތަށް ހިނގައްޖެއެވެ.
ރިޒްވާން އަކީ ޤައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އޭނާ އަކީ ނިއު ވަރުގަދަ ކުރުމުގެ ޕްލޭންގެ ދަށުން ސީޒަނުގެ ފަހު ބަޔަށް ގެންދާ ދެ ވަނަ ކުޅުންތެރިޔާއެވެ. އޭނާގެ ކުރިން ގެންދިޔައީ ބުރު ސްޕޯޓްސް ކުލަބަށް ކުޅެމުންދިޔަ ޤައުމީ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލްއެވެ.
އީގަލްސްއިން ރިޒްވާން ދޫކޮށްލީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކަމަށްވެއެވެ. އޭނާ އަކީ އީގަލްސްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ރިޒްވާން ވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެވެ.
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ނިއު އޮތީ ޓޭބަލުގެ ތިން ވަނައިގައެވެ.