މުނިފޫހިފިލުވުން

ޓްރިބިއުޓް ޝޯވގެ ސަޕޯޓިން ޕާޓްނަރުންނަށް ޑީއެޗްއެލް އަދި ލެކިއުޓް


ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ޒީރޯ ޑިގްރީ އަހުމަދު ނާޝިދު މިއުޒިކަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މިއުޒިކަށް ޚާއްޞަ މަޖައްލާ "މިސްކް" މެގަޒިންއިން "އަ ޓްރިބިއުޓް ޓު ނާޝިދް" ޝޯވްގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ލެކިއުޓް އަދި ޑީއެޗްއެލް ހަމަޖައްސައިފިއެވެ.

ވަކި ވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ސަޕޯޓިންގ ޕާޓްނަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލެކިއުޓްގެ ފަރާތުން އެ ކުންފުނީގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ޝަހާދާ އަޙްމަދު، އަދި ޑީއެޗްއެލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޖިހާދުއެވެ.

img:http://s3.psmnews.mv/images/660x400/14725746884556.jpg|ޓްރިބިއުޓް ޝޯވގެ ސަޕޯޓިންގ ޕާޓްނަރަކަށް ލެކިއުޓް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިސްކް މެގަޒިންގެ ފަރާތުން ސޮއިކުރީ އެ މެގަޒިންގެ ފައުންޑަރ އަދި އެޑިޓަރ ރިޢާޔަތު ޢަބްދުލް މަޖީދުއެވެ. މި މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވްގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި މިހާރުވެސް 5 ފަރާތަކާއިއެކު މިސްކް މެގަޒިންއިންވަނީ ސޮއިކޮށްފައެވެ.

މި ޝޯވްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާއެވެ.