ޚަބަރު

ކޭކު އާޓިސްޓް އޮފް ދި އިޔަރ: 28500 މީހުންނާއި ވާދަކޮށް ސެމީ ފައިނަލިސްޓަކަށް ނަޝީ ކޭކު


  • މިއީ، އިނގިރޭސިވިލާތުގެ ކޭކު މެގަޒިންއަކުން ދޭ އެވޯޑެއް

  • ނަޝީ ދަނީ، މިއެވޯޑުގެ ފައިނަލިސްޓެއްގެ ގޮތުގައި ވާދަކުރަމުން

އިނގިރޭސިވިލާތުގެ މަޝްހޫރު ޑެލިޝިއަސް މެގަޒިންއިން ދޭ ޑެލިޝިއަސް އެވޯޑްސްގެ "ކޭކު އާޓިސްޓް އޮފް ދި އިޔަރ"ގެ ސެމީ ފައިނަލިސްޓަކަށް ނަޝީ ކޭކު ހޮވިއްޖެއެވެ.

އައިމިނަތު ނަޝީދާ ނުވަތަ ނަޝީ ކޭކުއަކީ، ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު ވިޔަފާރިއެކެވެ.

ޑިލިޝިއަޝް އެވޯޑަކީ، އިނގިރޭސިވިލާތުގެ މަޝްހޫރު ކޭކު މެގަޒިން ޑެލިޝިއަސް މެގަޒިންއިން ދޭ އެވޯޑެކެވެ. ނަޝީ ކޭކު ހޮވިފައިވަނީ، މި މެގަޒިންއިން ހޮވާ "ކޭކު އާޓިސްޓް އޮފް ދި އިޔަރ"ގެ ސެމީ ފައިނަލިސްޓަކަށެވެ.

ނަޝީ ކޭކު ސެމީ ފައިނަލިސްޓަކަށް ހޮވިފައިވަނީ، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 28،500 މީހުންނާއި ވާދަކޮށްގެންނެވެ. މިއީ، މިހާތަނަށް މި އެވޯޑަށް އެންމެ ގިނަ އަދަދެއްގެ މީހުން ވާދަކުރި އަހަރެވެ.

ސެމީ ފައިނަލިސްޓުން ހޮވަނީ، ޖަޖުންގެ މާރކްސްއާއި ވޯޓުންނެވެ. ސެމީ ފައިނަލިސްޓުންގެ ގޮތުގައި 20 މީހުން ހޮވިފައިވެއެވެ. މީގެތެރެއިން 2 ވަނަ ބުރުގައި 5 މީހުން ހޮވާނެއެވެ. އެއީ، ފައިނަލިސްޓުންނެވެ.

މިހާރު ނަޝީ ދަނީ، މިއެވޯޑުގެ ފައިނަލިސްޓަކަށް ވާދަކުރަމުންނެވެ. ނަޝީ ވަނީ، މިދިޔަ އަހަރުވެސް މި އެވޯޑުގެ ފައިނަލިސްޓެއްގެ ގޮތުގައި ވާދަކޮށްފައެވެ.

ނަޝީ ކޭކު ވަނީ، ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ނަޝީ ކޭކު ހަރަކާތްތެރިވާތާ މިހާރުވަނީ، 40 އަހަރު ވެފައެވެ.