ޚަބަރު

ކުރު މުއްދަތެއްގައި ޓެކްސް ނިޒާމުގެ ގިނަކަންކަން ހާސިލްކުރެވިއްޖެ


ރާއްޖޭގެ ޓެކްސްގެ ނިޒާމަކީ ހަގު ނިޒާމަކަށް ވީނަމަވެސް، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ޓެކްސް ނިޒާމުގެ ތެރެއިން ދިގު މުއްދަތަކުން ޙާޞިލް ކޮށްފައިވާ ކަންކަން ރާއްޖެއިން ކުރު މުއްދަތެއްގައި ހާސިލްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ޓެކްސޭޝަންގެ ޕްރިންސިޕަލްތަކާއި ކޮރެއާގެ ޕޮލިސީތަކާއި ގުޅޭގޮތުން މީރާގެ މުއައްޒަފުންނަށް ކުރިއަށްގެންދަވާ ބައިލެޓަރަލް ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ، ޓެކްސްގެ ނިޒާމުން ރާއްޖެއިން ހާސިލްކޮށްފައިވާ އެއް ކުރިއެރުމަކީ، ރާއްޖޭގެ ޓެކްސްގެ އާމްދަނީން ޖީޑީޕީއަށް ހިއްސާވާ އިންސައްތަ 23 އިންސައްތައަށް ވުރެ އިތުރު ކުރެވުން ކަމަށެވެ. img:http://s3.psmnews.mv/images/660x400/14725548476965.jpg|މީރާގެ މުއައްޒަފުންނަށް ކުރިއަށްގެންދަވާ ބައިލެޓަރަލް ޕްރޮގްރާމް ފައްޓަވައި ދެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މިއީ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް - އޯ.އީ.ސީ.ޑީގެ ޤައުމުތަކުން އެޤައުމުތަކުގެ ޓެކްސްގެ އާމްދަނީން ޖީޑީޕީއަށް ޙިއްސާވާ އިންސައްތައަށްވުރެ މަތީ އިންސައްތައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އޯ.އީ.ސީ.ޑީގެ ޤައުމުތަކުގެ ޓެކްސްގެ އާމްދަނީން ޖީޑީޕީއަށް ޙިއްޞާވާ އިންސައްތަ އުޅެނީ އެވްރެޖްކޮށް 15 އިންސައްތައިގަ ކަމަށެވެ. ރާއްޖެއިން މިދާއިރާއިން ހޯދާފައިވާ މިފަދަ ކުރިއެރުންތަކުގެ މައްޗަށް މީރާއާއި އޭޑީބީ ގުޅިގެން އެކުލަވާލަމުން އަންނަ "ފާސްޓްރެކް ޓެކްސް ރިފޯމް: ލެސަން ފްރޮމް މޯލްޑިވްސް" މިއަހަރު ނެރެވޭނެ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

އޯ.އީ.ސީ.ޑީގެ ކޮރެއަރ ޕޮލިސީ ސެންޓަރުން އިންތިޒާމްކޮށްގެން މީރާގެ މުވައްޒަފުންނަށް ހިންގާ މިޕްރޮގްރާމަކީ 3 ދުވަހުގެ މުއްދަތަށް ކުރިގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިނަލްއަޤްވާމީ ޓެކްސްގެ ނިޒާމާއި، ކޮރެއާގައި ޓެކްސްނެގުމުގައި ގެންގުޅޭ އުސޫލުތަކާއި ގުޅޭގޮތުން މީރާގެ މުވައްޒަފުންނަށް މަޢުލޫމާތު ދެވޭނެ ކަމަށް މީރާއިން ވިދާޅުވެއެވެ.