ޚަބަރު

ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން ވެދިން ފައިސާގެ އެހީ


ރާއްޖޭގައި ތިބި ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ ބައެއް މީހުންގެ ބޭސްފަރުވާއަށް، ޞަދަޤާތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން، ފައިސާގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ޞަދަޤާތު ފައުންޑޭޝަނަކީ، ރާއްޖޭގައި ޚާއްޞަ ގޮތެއްގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާއި، މުޖުތަމަޢުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި މީހުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ. ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޒީނާޒް އަދުނާން ވިދާޅުވީ، އެފައުންޑޭޝަނުން މިހާތަނަށް ހިންގި އެކި ޙަރަކާތްތަކުން ލިބުނު ފައިސާގެ އެހީ، ޚާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ފޯރުވައިދީފައިވާ ކަމަށެވެ.

އެހީތެރިކަން ފޯރުވައިދިން މީހުންގެ ތެރޭގައި ސީރިއަސް ބޮޑެތި ބަލިތަކުގައި ފަރުވާހޯދަމުންދާ މީހުން ހިމެނެއެވެ. އެމީހުންގެ ބޭސްފަރުވާގެ ޚަރަދުގެ ބޮޑުބައެއް އެފައުންޑޭޝަންގެ ފަރާތުން ހަމަޖައްސައިދީފައިވާ ކަމަށް ޒީނާޒް ވިދާޅުވިއެވެ. މީގެއިތުރުން ޞަދަޤާތު ފައުންޑޭޝަނުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް ޒީނާޒް ވިދާޅުވިއެވެ. ޞަދަޤާތު ފައުންޑޭޝަނުން ބުނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމަށް އެ ފައުންޑޭޝަނަށް ޢާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

އެކި ގޮތްގޮތަށް އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމަށް ފައިސާ ހޯދުމުގެ ގޮތުން ޞަދަޤާތު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް އޮތް ހަފްތާ ބަންދުގައި ޚާއްސަ ޙަރަކާތްތަކެއް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ

މި ޙަރަކާތުން ލިބޭ ފައިސާ އެފައުންޑޭޝަނުން ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމަށް ކަމަށް އެފައުންޑޭޝަނުން ހާމަކުރެއެވެ. ޞަދަޤާތު ފައުންޑޭޝަނަކީ 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.