ތިމާވެށި

ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް އުތުރުގެ 4 އަތޮޅެއްގައި


މުރަކަ ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް އުތުރުގެ 4 އަތޮޅެއްގައި ކުރައްވަން ފަށްޓަވައިފިއެވެ.

ނ. ރ. ބ. އަދި ޅ. އަތޮޅުގައި މިމަހުގެ 26 ން ފެށިގެން އަންނަ މަހުގެ 6 ގެ ނިޔަލަށް ކުރައްވާ މި ދިރާސާގައި މި 4 އަތޮޅުގައި މުރަކަތަކުގެ ދިރުމުގެ ޙާލަތު ބައްލަވާނެ ކަމަށް މެރިން ރިސާރޗް ސެންޓަރުން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14724374543704.jpg|މުރަކަ ފަރުތަކާބެހޭ ޢިލްމީ ދިރާސާ - ފޮޓޯ: މެރިން ރިސަރޗް ސެންޓަރ

މި ދިރާސާ ކުރިޔަށްގެންދަވަނީ މެރިން ރިސާރޗް ސެންޓަރާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ - އީޕީއޭގެ އިތުރުން އިންޓަރނޭޝަނަލްޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ - އައިޔޫސީއެން މޯލްޑިވްސްގެ ފަންނީ މާހިރުންގެ ޓީމަކުންނެވެ.

img:http://s4.psmnews.mv/images/660x400/14724374935006.jpg|މުރަކަ ފަރުތަކާބެހޭ ޢިލްމީ ދިރާސާ - ފޮޓޯ: މެރިން ރިސަރޗް ސެންޓަރ

މި ދިރާސާތަކުގައި މުރަކަ ހުދުވުމުގެ ސަބަބުން ފަރުތަކަށްލިބޭ ގެއްލުމާއި ފަރުތަކުގައި ދިރިއުޅޭ މަސްމަހާމެހީގެ ބާވަތްތަކާއި އެހެނިހެން ދިރުންތަކަށް ކުރާ އަސަރަ ދެނެގަތުމުގެ އިތުރުން މުރަކަ ފަރުތަކުން އާއްމުގޮތެއްގައި ގިނަ ޢަދަދަކަށް ފެންނަ ގާހަކައިގެ ބާވަތްތަކާއި، އެކި ބާވަތްތަކުގެ މުރަކައިގެ ތަފްސީލީ ދިރާސާތަކެއް ކުރައްވާނެ ކަމަށްވެސް މެރިން ރިސާރޗްސެންޓަރުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14724375087471.jpg|މުރަކަ ފަރުތަކާބެހޭ ޢިލްމީ ދިރާސާ - ފޮޓޯ: މެރިން ރިސަރޗް ސެންޓަރ

އުތުރުގެ 4 އަތޮޅެއްގައި ކުރިޔަށްގެންދަވާ މި ދިރާސާގައި އެ އަތޮޅުތަކުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ އިތުރުން މީހުން ދިރިނޫޅޭ ރަށްރަށުގައި އީޕީއޭގެ ފަރާތުން އެއްގަމުގެ ބައެއް ދިރާސާތައްވެސް ކުރިޔަށް ގެންދަވާނެއެވެ.

img:http://s3.psmnews.mv/images/660x400/14724375349068.jpg|މުރަކަ ފަރުތަކާބެހޭ ޢިލްމީ ދިރާސާ - ފޮޓޯ: މެރިން ރިސަރޗް ސެންޓަރ

މި ދިރާސާ ކުރައްވާ ޓީމުގައި މެރިން ރިސާރޗް ސެންޓަރުގެ 5 ބޭފުޅުންނާއި އީޕީއޭގެ 5 ބޭފުޅުންގެ އިތުރުން އައިޔޫސީއެން މޯލްޑިވްސްގެ ފަންނީ މާހިރެއްވެސް ހިމެނިވަޑައިގަންނަވައެވެ.