ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.
މިއަދު ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނެވެ. މި ރަސްމިއްޔާތުގައި ތ.އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭމަންޑޫގައި ހުޅުވި މި އައުޓްރީޗް ސެންޓަރުގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ވޭމަންޑޫގައި ހުޅުވައިދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.