ތަރައްްޤީ

ތިނަދޫގައި ފެންބޮޑުވެ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ގދ.ތިނަދޫގެ މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫތަކެއް ފޯރަމުންދާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރެއިން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދިޔަ ވިއްސާރާގައި ގދ.ތިނަދޫގެ މަގުތަކުގައި ފެންބޮޑުވެ، ވަމުންދާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން، ފެން ހިންދުމަށް އެރަށުގެ ބައެއް މަގުތަކުގައި ޕަންޕު ބަހައްޓައިގެން ދަނީ ފެން ހިއްދުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.