މި މަހުގެ 9 އިން 15އަށް މާލެ ސަރަހައްދުގައި 50 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގީ، ދުވާލުގެ ވަގުތުތަކުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި މުއްދަތުގައި މާލެ ސަރަހައްދުގައި ޖުމްލަ 54 އެކްސިޑެންޓު ހިނގާފައިވެއެވެ.
އެންމެ ގިނައިން އެކްސިޑެންޓް ހިނގީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. މި ދުވަހު އެކަނިވެސް މާލެ ސަރަހައްދުގައި 13 އެކްސިޑެންޓް ހިނގާފައިވެއެވެ.
އަދި އެންމެ މަދުން އެކްސިޑެންޓު ހިނގާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު ހިނގީ، 3 އެކްސިޑެންޓެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއެކްސިޑެންޓުތަކުގައި %16 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، %84 އުޅަނދަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި އެކްސިޑެންޓުތަކުގެ ތެރެއިން 43 އެކްސިޑެންޓް ހިނގީ، ދުވާލުގެ ވަގުތުތަކުގައެވެ. އެއީ %80 އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި 11 އެކްސިޑެންޓެއް ހިނގާފައިވެއެވެ.
މި އެކްސިޑެންޓުތަކުގެ ތެރެއިން ބްރިޖާއި، ހައިވޭގައި %13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގީ، ސައިކަލު ދުއްވުމުގެ ތެރޭގައެވެ.
އެގޮތުން 2 ސައިކަލު ޖެހިގެން 13 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލާއި ކާރު ޖެހިގެން 15 އެކްސިޑެންޓު ހިނގާފައިވެއެވެ.
54 road accidents were reported in Malé’, the Bridge and Highway from 9–15 Nov.
— Maldives Police (@PoliceMv) November 16, 2025
Most cases involved motorcycles, with the majority resulting in vehicle damage rather than serious injuries.
Data also shows mid-week spikes and more incidents during daytime hours. pic.twitter.com/kuMpDKsMvD
ފަހަކަށް އައިސް ހިނގަމުންދާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އުޅަނދު ދުއްވުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ރައްކާތެރިވުމަށް ފުލުހުން ވަނީ ޢިލްތިމާސްކުރައްވާފައެވެ.
ވަކިން ޚާއްސަކޮށް ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށާއި، އޯވަރޓޭކް ނުކުރުމަށް ފުލުހުން އަބަދުވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.