ޚަބަރު

ފަރުކޮޅުފުށީ އިމާރާތެއްގައި ރޯވެ އަނދަނީ


  • މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މެންދުރު 13:00 ހާއިރު

ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރުކަމަށެވެ. އަދި އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ އަލިފާން ރޯވެފައިވަނީ ފަރުކޮޅުފުށީގައި ރިސޯޓު ހިންގިއިރުގެ ވިލާއެއްގައެވެ.