ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީ ފިރިހެން ސިންގަލްސްގައި ތަޖިކިސްތާނުން ރާއްޖެ ބަލިކޮށްފި


ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާޢީލް އާއި ތަޖަކިސްތާންގެ ހަސަނޮވް ބައްދަލުކުރި މެޗު 4 ސެޓު 2 ސެޓުން ތަޖަކިސްތާނުން ކާމިޔާބުކޮށްފިއެވެ.

މިއީ މި މުބާރަތުގެ ފިރިހެން ސިންގަލްސްގައި ޝައްފާން ކުޅުނު ފުރަތަމަ މެޗަށްވާއިރު ބެސްޓު އޮފް ސެވަން އަށް ކުޅުނު މިމެޗުގެ ފުރަތަމަ ސެޓުގައި ޝައްފާންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް މި ސެޓު އިދިކޮޅުން ކާމިޔާބުކޮށްފަވަނީ 12-10 އިންނެވެ. މެޗުގެ ދެވަނަ ސެޓަށް ހިތްވަރާއެކު ޝައްފާން ނުކުމެ ތަޖަކިސްތާނުގެ އެތުލީޓުވަނީ 11-3 ގެ ބޮޑު ތަފާތަކުން ބަލިކޮށްފައެވެ.

ދެ ކުޅުންތެރިންވެސް ސެޓެއް ކާމިޔާބުކޮށް ތިންވަނަ ސެޓަށް ނުކުތްއިރު ތަޖިކިސްތާނުގެ ކުޅުންތެރިޔާ ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް 11-7 އިން ސެޓު ނަގާފައެވެ. އަދި ހަތަރު ވަނަ ސެޓުވެސް އޭނާވަނީ 11-5 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ފަސްވަނަ ސެޓު 11-9 އިން ޝައްފާން ނަގާފަވާއިރު މި ސެޓުގައި އިދިކޮޅު ކުޅުންތެރިޔާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗްގެ ހަވަނަ ސެޓްގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މި ސެޓްގެ ކުރީކޮޅުގައި ހަސަނޮވް ލީޑްގައި އޮވެގެން ކުޅުނު ނަމަވެސް ޝައްފާން ދެ ޕޮއިންޓްއަށް ލީޑް ހަނިކޮށް 6-8 އަށް ޕޮއިންޓަށް ސްކޯރ ބަދަލުކުރިއެވެ. ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި ސެޓު ތަޖަކިސްތާނުން ނަގާފަވަނީ އެންމެ ތިން ޕޮއިންޓުގެ ފަރަގަކުން 11-8 އިންނެވެ.

މިމުބާރާތުގެ ސިންގަލްސް މެޗްތައް ކުރިއަށްދަނީ ނޮކައިޓް ސިސްޓަމަށެވެ.