ޚަބަރު

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލީ އިދާރާތައް ހުޅުވާނެ


1437 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ބަންދުގެ ތެރެއިން ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެމް.އެމް.އޭއާއި ބޭންކްތަކާއި މާލީ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް މަރުކަޒީ ބޭންކް އެމް.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ހިމެނޭނެހެން ސެޕްޓެމްބަރު 9 ން 14 އަށް ސަރުކާރު ބަންދުވާނެއެވެ. އެހެންނަމަވެސް އެމް.އެމް.އޭއިން ވިދާޅުވީ އެ އޮތޯރިޓީއާއި އެއޮތޯރިޓީން ރެގިއުލޭޓްކުރާ މާލީ އިދާރާތައް ސެޕްޓެމްބަރު 14 ވަނަ ދުވަހު ހުޅުވައި ޚިދުމަތްދޭނެ ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ދެއްވާ ބޭންކިންގ ޚިދުމަތް އެދުވަހު ހެނދުނު 8:30 ން މެންދުރުފަހު ދޭކަށް ދެއްވަމުން ގެންދަވާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.