ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި މިދިޔަމަހު 35 މީހަކު 226،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ އޮކްޓޯބަރުމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ރިޕޯޓްކޮށްފައިވާ 25 މައްސަލައިގެ ތެރޭގައި ހިމެނެނީ، ވޭޕް ބޭނުންކުރުމުގެ 5 މައްސަލަ، ވޭޕް ގަނެ ވިއްކުމުގެ 2 މައްސަލަ، ވޭޕް ގެންގުޅުނުކަމުގެ 15 މައްސަލައެއްގެ އިތުރުން ވޭޕާ ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ.
ފުލުހުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ވޭޕް ބޭނުންކުރި މައްސަލަތަކުގެ ހިމެނޭ ފަރާތްތަކުގެ ޖޫރިމަނާގެ ޖުމްލަ 104،000 ރުފިޔާއަށް އަރައެވެ. އަދި ވޭޕް ގެންގުޅުނު މައްސަލަތަކުގެ ޖޫރިމަނާއަށް 97،000 ރުފިޔާ، ވޭޕް ގަނެ ވިއްކުމުގެ މައްސަލާގައި 20،000 ރުފިޔާގެ ޖޫރިމަނާއެއް އަދި ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި 5،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.
Vape-Related Statistics | 1–31 October 2025
— Maldives Police (@PoliceMv) November 6, 2025
In October, total of 25 vape/ e-cigarettes related incidents were reported, and 35 individuals were fined for offences involving the use or possession of vapes and e-cigarettes. pic.twitter.com/6Nc8JLDaiE
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވަނީ ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި، ވިއްކުމާއި ހިލޭ ބެހުން މަނާކޮށްފައެވެ.