ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރުން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހިޔާގެ 8 ވަނަ ޓަވަރުން ވެއްޓިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:32 ހާއިރެވެ.
ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.