ތަރައްްޤީ

އުނގޫފާރު މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި


މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށްއުނގޫފާރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުލްނާސިރު އަލީ ވިދާޅުވީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއާރުޑީސީން ކުރިއަށްގެންދަވާ މި މަޝްރޫއުގައި ރަށުގެ ފަނަރަ މަގެއްގައިޒަމާނީ ފެންވަރަށް ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާއްމުކޮށް ބޭނުންކުރާ މަގުތައް މި މަޝްރޫއުދަށުން ހަދާނެކަމަށެވެ.

ސަރުކާރުގެ ބަޖެޓުން32 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާ އުނގޫފާރުގެ މަގުތައް ޒަމާނީފެންވަރަށް ތާރު އަޅައިގެން ހެދުމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އުނގޫފާރުގައި 15މަގެއްގައި 3.2 ކިލޯ މީޓަރަށް ތާރު އަޅަން ނިންމާފައިވެއެވެ. މި މަސައްކަތްނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 380 ދުވަހުގެ ތެރޭގައެވެ.