ތަރައްްޤީ

ހ.ވީސަންގެ އާދަމް ޝަރީފް ނިޔާވެއްޖެ


ޝަރުޢީދާއިރާއަށް އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވަމުންގެންދެވި ހ.ވީސަންގެ އާދަމް ޝަރީފް ނިޔާވެއްޖެއެވެ.

އާދަމް ޝަރީފް ނިޔާވިއިރު އުމުރުފުޅަކީ60 އަހަރެވެ. އާދަމް ޝަރީފް ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަލްމަރްޙޫމް އާދަމް ޝަރީފަކީ 30 އޭޕްރީލް1974 އިން ފެށިގެން ދައުލަތަށާއި ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވަމުން ގެންދެވިބޭފުޅެކެވެ. އަދި 1974 ވަނަ އަހަރު ދައުލަތަށް ޚިދުމަތްކުރައްވަންފެއްޓެވުމަށްފަހު ވަޒީފާގެ މެދުކެނޑުމަކަށްފަހު 18 އޮގަސްޓް 1994 އިން ފެށިގެންފާއިތުވި 22 އަހަރު އެކި ރޮނގުރޮނގުން ދައުލަތަށް ޚިދުމަތް ކުރައްވާފައިވެއެވެ.

އެގޮތުން މަރްޙޫމް އާދަމް ޝަރީފަކީ 30ސެޕްޓެމްބަރު 2007 އިން ފެށިގެން މި ވޭތުވެދިޔަ 8 އަހަރާއި 10 މަހާއި 22 ދުވަހުޝަރުޢީދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަރްހޫމް އާދަމްޝަރީފް ޝަރުޢީ ދާއިރާގައި ފުރަތަމަ އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފްޖަސްޓިސްގެ ޑިރެކްޓަރުކަމުގެ މަޤާމެވެ. އަދި އަވަހާރަވިއިރު ހުންނެވީ ޑިޕާޓްމަންޓްއޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޑިރެކްޓަރުގެ މަޤާމުގައެވެ.

އަލްމަރްޙޫމް އާދަމް ޝަރީފަކީ ޝަރުޢީދާއިރާގެ އުމްރާނީ ވަޞީލަތްތައް ހަރުދަނާކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް އިސްކޮށްމަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅެއްކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީފާހަގަކުރައްވާފައެވެ. އެގޮތުން ޝަރުޢީ ކޯޓުތަކާއި ޝަރުޢީދާއިރާގެ ޢިމާރާތްތައްބެލެހެއްޓުމުގެ ޒިންމާ ފުރިހަމަކަމާއި ހަރުދަނާކަމާއެކު މަރްހޫމް އާދަމް ޝަރީފްއަދާކުރައްވާފައިވާކަން އެޑިޕާޓްމަންޓުން ފާހަގަކުރައްވައެވެ. އަދި ޑިޕާޓްމަންޓްއޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޛުކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް، ހަރުދަނާކަމާއި އިތުބާރާއެކު ކުރެއްވުމުގައިސާބިތުކަމާއެކު ދެމިހުންނަވާ، އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުންބައިވެރިވެވަޑައިގެން، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިދެއްވާފައިވާބޭފުޅެއްކަންވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންފާހަގަކުރައްވައެވެ.

އަލްމަރްޙޫމް އާދަމް ޝަރީފް ދައުލަތަށް ކޮށްދެއްވިޚިދުމަތްތަކުގެ ތެރޭގައި، ސ.ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ 2ނަންބަރު ކާތިބުކަމުގެ މަޤާމާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި،ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓްއޮފް ކަރެކްޝަންސް ގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީއެންޑް ރިހިބިލިޓޭޝަން ސެންޓަރގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ.

އަލްމަރްޙޫމް އާދަމް ޝަރީފް އަވަހާރަވުމާއިގުޅިގެން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްފަރާތްތަކާބައްދަލުކުރައްވައި، އަލްމަރްޙޫމް އާދަމް ޝަރީފްގެ ޒިކުރާ އައު ކުރައްވާފައެވެ.