ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އޫރީދޫ މޯލްޑިވްސްއިން ގޫގުލް ކްލައުޑާއެކު އައު އެއްބާރުލުމެއް ޤާއިމްކޮށް، ގޫގުލްގެ އެންމެ ފަހުގެ ޕްރޮޑަކްޓިވިޓީ އަދި ކޮލަބޮރޭޝަން ސޮލިއުޝަން ކަމަށްވާ ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަޢާރަފުކޮށްފިއެވެ.
އުރީދޫން ވިދާޅުވީ މި އެއްބަސްވުމުވެ ސަބަބުން ވިޔަފާރިތަކަށް އުފެއްދުންތެރިކަމާއި އެފިޝިއެންސީ އަދި ޓީމް ވޯކް އިތުރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ އަހަމިއްޔަތު ދައްކުވައިދޭ ކަމަށެވެ.
ގޫގުލް ވޯކްސްޕޭސް އަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ. އުރީދޫން ވިދާޅުވީ ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް ހަރުދަނާ، އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
* ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމްކުރުން.
* ކޮލަބަރޭޝަން ރަނގަޅުކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް، އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލްޓައިމްގައި އެއްބާރުލުންދިނުން.
* ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ޑިޕެންޑަބަލް، ކްލައުޑް ބޭސްޑް ޓޫލްސް.
* ސްމޫތު ޕްރޮޑަކްޓިވިޓީ: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް އަދި އެނޫންވެސް އެނޫންވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން.
* ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި އެފިޝަންޓް ކަމާއެކު މަސައްކަތް ކުރުން. ކުދި އޮފީސްތަކާއި ބޮޑެތި ވިޔަފާރިތައް.
* ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ ލިބުން.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހައްމާދީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބު ވުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކުންފުނިތަކުގެ މަސައްކަތްތައް ކުރާ ގޮތް ބަދަލުކޮށް، އެފިޝިއެންސީ އިތުރުކޮށް، ކަނެކްޓިވިޓީ ހަރުދަނާ ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ޓެކްނޮލޮޖީ އަށް ވުރެ މާ ބޮޑު ކަމެކެވެ. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން." އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލް ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
ގޫގުލް ވާކްސްޕޭސް ތައާރަފްކުރުމުގެ ސަބަބުން އުރީދޫ މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބިގެންދާނެއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިކޮނޮމީގައި ވާދަވެރި، މުސްތަގުބަލަށް ތައްޔާރުވުމަށް ދެވޭ ވަރަށް ބޮޑު އެހީ އެކެވެ.