ޚަބަރު

ހައްދުންމަތީ ސްކޫލުތަކަށް ޕްރޮފެސަރ އުގެއިލް ޚާއްޞަ ސެޝަންތަކެއް!


ހައްދުންމަތީ ސްކޫލުތަކުގެ ބައެއް ދަރިވަރުންނާއި ޓީޗަރުންނަށް ޢަމާޒުކުރައްވައި ޕްރޮފެސަރ އުގެއިލް ޚާއްޞަ ސެޝަންތަކެއް ނަންގަވައިދެއްވައިފިއެވެ.

ލ. ގަމުގައި ހުންނަ ޙަމަދު ޚަލީފާ އައްޘާނީ ސްކޫލުން އިންތިޒާމު ކުރައްވައިގެން މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު "ޕްރެފެސަރ އުގެއިލްގެ ދާލަ" ގެ ނަމުގައި ލ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ގުރޭޑް 10 ގެ ދަރިވަރުންނާއި އަދި ހުރިހާ ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކުރައްވައިގެން ސެޝަންތަކެއް ބާއްވާފައިވާ ކަމަށް ޙަމަދު ޚަލީފާ އައްޘާނީ ސްކޫލުން ވިދާޅުވިއެވެ.

ތަހުޒީބީ މުޖްތަމަޢެއް ބިނާކުރެއްވުމުގެ މަޤްޞަދުގައި އެ ސްކޫލުން އިންތިޒާމް ކުރެއްވި މި ސެޝަންތަކުގައި ޓީޗަރުންނަށް ޕްރޮފެސަރ މަޢުލޫމާތު ދެއްވާފައިވަނީ އިންޓެރަކްޓިވް ޓީޗިންނާއި، އަދި ކިވައިދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ކަމަށާއި، ސްކޫލު ކުދިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ސައިންސްގެ ދާއިރާއާއިި ވިޝުއަލް ކޮންޕިއުޓިންގެ ދާއިރާއިން ކަމަށް ޙަމަދު ޚަލީފާ ސްކޫލުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ޢާންމުންނާއި ބެލެނިވެރިންނަށް ޚާއްޞަކޮށްގެންވެސް ޕްރޮފެސަރ އުގެއިލްގެ ސެޝަނެއް ބާއްވަވާފައިވެއެވެ.