ތިމާވެށި

ހުޅުމާލޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި


އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޓްރީ މޯލްޑިވްސްއާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ގަސް އިންދުމުގެ ޕްރޮގްރާމެެއް ހިންގައިފިއެވެ. tw:https://twitter.com/hdcmaldives/status/767021072117923841

ޓްރީ މޯލްޑިވްސްއިން ހުޅުމާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމް ހިންގީ ސްކޫލް ކުދިން ބައިވެރި ކޮށްގެންނެވެ. މި ޙަރަކާތުގައި ބައިވެރިވެފައިވަނީ ޢަރަބިއްޔާ ސްކޫލާއި، ގަލޮޅު މަދަރުސާއާއިި، ރެހެެންދި ސްކޫލްގެ އިތުރުން ޣާޒީ ސްކޫލްގެ ދަރިވަރުންނެވެ. ޓްރީ މޯލްޑިވްސްއިން ބުނީ، ހުޅުމާލޭގައި ގަސް އިންދީ ތިމާވެށީގެ ދާއިރާއިން ޚިދުމަތް ކުރުމުގައި ސްކޫލް ދަރިވަރުން ބައިވެރިކުރުން އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލޭގައި ހިއްކާފައި އޮތް ސަރަޙައްދުގައި ކުރިއަށްދިޔަ މި ޙަަރަކާތުގައި ޓްރީ މޯލްޑިވްސް ޖަމްޢިޢްޔާއާއި، އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.