ތަރައްްޤީ

އޫރިދޫއިން ޞަދަގާތު ފައުންޑޭޝަނަށް ބައެއް ތަކެތި ހަދިޔާކޮށްފި


ޞަދަޤާތު ފައުންޑޭޝަނުން އެކި ފަރާތްތަކަށް އެހީވެދިނުމަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ޞަދަޤާތު ފައުންޑޭޝަނަށް ބައެއް ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ޝަދަޤާތު ފައުންޑޭޝަނަށް މިތަކެތި ހަދިޔާކުރީ އެ ކުންފުނީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ޞަދަޤާތު ފައުންޑޭޝަނަށް ހަދިޔާކުރި އެއްޗެހީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހަދިޔާކުރި ފަނަރަ ވީލްޗެއަރ ހިމެނެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަދާ 25 ޓެލެ ސެންޓަރަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއްވެސް އޫރިދޫއިން ހަދިޔާކުރިއެވެ. މީގެ އިތުރަށް އެއްއަހަރު ދުވަހުގެ ހިލޭ ޑޭޓާއާއެކު 500 ޑޮންގްލްވެސް ހަދިޔާކުރެވެ.

img:http://s3.psmnews.mv/images/660x400/14716181292388.jpg|އޫރިދޫ މޯލްޑިވްސް އިން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

މި ހަވީރުގައި އުރީދޫ މޯލްޑިވްސްއިން އިޢުލާންކުރި ގޮތުގައި ރާއްޖޭގެ ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ކަންކަމުގައި އެ ކުންފުނިން އެއްބާރުލުން ދެމުން ގެންދާނެއެވެ. އުރީދޫ މޯލްޑިވްސްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވީ، ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ހަވީރުގެ ތީމަކީ ސައިންސް އެންޑް ޓެކްނޮލޮޖީއެވެ. އެހެންކަމުން ސައިންސާއި ޓެކްނޮލޮޖީއާގުޅޭ ތަފާތު ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ގޭމްތައް ކުޅުމުގެ އިންތިޒާމް މިހަވީރުގައި ހަމަޖައްސާފައިވެއެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ސްޓޯލުން ކުޑަކުދިންނަށް ބެރުޖެހުމުގެ ފުރުޞަތުވެސް ދީފައިވެއެވެ.