ތަރައްްޤީ

ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރައްވަމުން- މިނިސްޓަރ


ޤައުމު ތަރައްޤީކުރަން އަމާޒު ހިފާފައިވާ މިދަނޑިވަޅުގައި، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުން އިހުނަށްވުރެ ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ބ.އަތޮޅު ކައުންސިލުން އިސްނަންގަވައިގެން ރަންނަ އެވޯޑު ދެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ވަޞީލަތްތައް އިތުރުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ތަރަޢްޤީޤެ ހަޤީޤީ ފޮނި މީރުކަން ރަށްރަށުގެ ރައްޔިތުންނަށް ލިބޭނީ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެވިގެން ކަމަށެވެ.

''ސަރުކާރުން ތޭރަ މަޝްރޫޢެއް ފަށައިގެން ކުރިޔަށް އެބަގެންދާ. އެންމެ ބޮޑު މަޝްރޫޢަކީ ގެސްޓު ޙައުސް މަޝްރޫޢު. ކައުންސިލްތަކަށް ކުރީގެ އަތޮޅުގެ ގޮތުގައި ބޭނުންކުރަމުން އައި ގެސްޓު ހައުސްތައް ކައުންސިލަށް މަންފާ ލިބޭ ގޮތަށް ސަރުކާރުން މިދަނީ ބައްޓަން ކުރަމުން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

ރަންނަ އެވޯޑު ދިނުމަށް ބޭއްވެވި ޖަލްސާގައި، ހޯމް މިނިސްޓަރ ވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ ކައުންސިލްތަށް ގުޅިގެން ޤައުމީ ރޫޙެއްގައި މަސައްކަތް ކުރެއްވުމަށް ހުރިހާ ކައުންސިލްތަކަށް ގޮވާލައްވާފައެވެ. ޚާއްސަކޮށް ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ މަޝްރޫޢަތަށް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

''ސަރުކާރުގެ ތެރެއިން ބަޖެޓުގެ ތެރެއިން ކައުންސިލްތަކަށް އެލޮކޭޓްވެފައި ހުންނަ މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުން ބާރު އަޅާ، ކުރިއަށް ގެންދަނީ ކިހާވަރަކަށް ތޯ ބަލައި، އެކަން ކަމަށް ކައުންސިލްތަކުން ބާރު އަޅާ އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކައުންސިލްތަކުން މަސައްކަތްކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ. 

ދެހާސް ފަނަރަ ވަނަ އަހަރު ސަރުކާރުން ކައުންސިލްތަކުގެ އާބާތުރަ ފިލުވުމާއި އެހެނިހެންކަން ކަމަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިކުރައްވާފައިވާ ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.